ޒުވާނުން ބިނާ ކުރުމަށް އަމާޒު ކުރާ ‘ލިޓް ފެސްޓް’ ހަފްތާ ބަންދު ގައި ބާއްވަނީ ނަދީމް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި ވައިބާ ހެކްކޮށް އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި މޯލްޑިވްސް 2.0 އަކީ ތަރައްގީގެ ޕްލޭނާއެކު އިންގިލާބ

މާފަރުގައި ތަރައްގީކުރި ކަސްޓަމްސްގެ އައު އޮފީހާއެކު އެސަރަޙައްދާއި، މުޅި ރާއްޖޭގައި ފޯރުކޮށްދޭ ކަސްޓަމްސްގެ ހިދުމަތްތަކަށްވެސް ކުރިއެރުން އަންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މާފަރުގައި ގާއިމްކޮށްފައިވާ ކަސްޓަމްސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މާފަރުގައި ހަދަމުންދިޔަ ކަސްޓަމްސް އިމާރާތުގައި ނިމިފައިވަނީ 30 އިންސައްތައެއްހާ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫޢަކީ އެންމެ އިސްކަންދީގެން ނިންމަންޖެހޭ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ހިމެނުއްވި ކަމަށެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާވެގެން އަންނައިރު، ރާއްޖޭގެ އެހެން މައި ދޮރާށިތަކެކޭ އެއްފަދައިން އެ އެެއަރޕޯޓުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިވަގުތުވެސް ރާއްޖޭގެ ހުރިހާ ދޮރާށިތައް ނުހަނު ފުރިހަމަޔަށް ބަލަހައްޓަމުން ގެންދަވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކަސްޓަމްސްގެ އެންމެ ބޮޑު އެއް ޒިންމާއަކީ މާފަރު އެއަރޕޯޓުން އެތެރެވާ މުދަލާއި ފަސިންޖަރުންނަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.
ކަސްޓަމްސްއިން މުޅި ރާއްޖޭގައި ފޯރުކޮށްދޭ މުހިންމު ހިދުމަތްތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވަނީ އެހިދުމަތްތައް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އިތުރަށް ފަސޭހަ ކުރުމުގެ މުހިންމުކަން ފާހަގަކުރާއްވާފައެވެ. އެގޮތުން ކަސްޓަމްސްއިން މަސައްކަތްކުރަންވާނީ ރައްޔިތުން ޚިދުމަތް ހޯދަން ކަސްޓަމްސްގެ އޮފީސްތަކަށްގޮސް ވަގުތު ހޭދަކުރުމުގެ ބަދަލުގައި ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޮނުވޭނެ މޮޑެލްއަކަށް ކަންކަން ތަރުތީބުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން މިނިސްޓަރު ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ