މާފަރުގައި ކަސްޓަމްސްގެ އާ އިމާރާތެއް ހުޅުވައިފި

ނ. މާފަރުގައި ތަރައްގީ ކުރި ކަސްޓަމްސްގެ އާ އިމާރާތް ހުޅުވައިފި އެވެ.މި އިމާރާތް ހުޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނައިރު އެ ރަށުގައި ކަސްޓަމްސްގެ އޮފީހެއް ހުޅުވީ އަތޮޅުތަކަށް ކަސްޓަމްސްގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުންޏެވެ.މާފަރުގައި ކަސްޓަމްސްގެ އޮފީސް އިމާރާތެއް އެޅުމަށް 8.66 މިލިއަން ރުފިޔާއަށް ފިއުޗާ ހޯމް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ.ޖާގައިގެ ގޮތުން 6،557 އަކަފޫޓުގެ މި އޮފީހުގައި މައިގަނޑު ގޮތެއްގައި ކުރާނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުން އަންނަ ޕަސިންޖަރުންނާއި އެ އެއާޕޯޓް މެދުވެރިކޮށް އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރާ މުދަލާއި ގުޅިގެން ކަސްޓަމްސްއިން ނިންމަންޖެހޭ އެންމެހާ ލިޔެކިޔުންތައް ނިންމުމާއި، އެކަންކަން ކަންކަން ވިލަރެސް ކުރުމުގެ މަސައްކަތްތަކެވެ.މި އިމާރާތުގައި 20 އޮފިސަރުންގެ އޮފީސް ޖާގައާއި، 25 އޮފިސަރުންގެ އެކޮމޮޑޭޝަން ފެސިލިޓީއަކާއެކު މީޓިން ރޫމެއްވެސް ހަދާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ