މާލޭގެ ބާޒާރުމަތީގެ މަގު ފުޅާކުރުމަށް އެމަގުން ނެގި ހިރުނދު ގަސްތައް ހުޅުމާލޭގައި އިންދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.
އެގޮތުން އެޗްޑީސީން މިއަދު ބުނީ، ބޮޑުތަކުރުފާނު މަގުގައި ހުރި ބޮޑެތި ހިރުނދު ގަސްތައް އެ ސަރަހައްދުން ނަގައިގެން ގެންގޮސް، ހުޅުމާލެ 1 އާއި 2 ގުޅޭ ޗެނަލް ޕާކު ސަރަހައްދުގައި އިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބޮޑުތަކުރުފާނު މަގުގައި ހުރި ގަސްތައް ހުޅުމާލޭގައި އިންދަންފަށާފައިވާއިރު، މަގު ހަދަން އެ ގަސްތައް ނެގުމުން ތިމާވެއްޓަށް ލޯބިކުރާ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެ މައްސަލާގައި މާލޭ މޭޔަރު އާދަމް އާޒިމް ”ކަމުން ރެކިވަޑައިގަންނަވަން ސަރުކާރުން ހިތުހުރި ގޮތަކަށް“ ކަން ކުރަން ދޫކޮށްލައްވަނީ ކަމަށް ވިދާޅުވެ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަދި ބައެއް ފަރާތްތަކުން ވަނީ ކޮންމެ ފަހަރަކު ގަސްތައް ނުނަގައި މަޝްރޫއުތައް ހިންގޭނެ ގޮތެއް ސަރުކާރުން ހޯދަން ގޮވާލާފައެވެ.
ބައެއް ސަބަބު ތަކާހުރެ މި ސަރުކާރުން ބައެއް ގަސްތައް ކަނޑާތީ މީހުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރައީސް މުޢިއްޒުވަނީ، މީހުންނަށް އުނދަގޫވާގޮތަށް ހުންނަ ގަސް ކެނޑި ނަމަވެސް އެ ކަނޑާ ކޮންމެ ގަހެއްގެ ބަދަލުގައި ތިން ގަސް އިންދަވާނެ ކަމަށް ވިދާޅުވެފައެެވެ.
ބޭރު މަގުން ނެގި ހިރުނދު ގަސްތައް ހުޅުމާލޭގައި އިންދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ