އައިޖީއެމްއެޗްގައި ހުމާއި އަރިދަފުސް ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް ގާއިމުކޮށްފި
ހުމާއި އަރިދަފުސް ރޯގާ އަށް ހާއްސަ ފުލޫ ކްލިނިކެއް އައިޖީއެމްއެޗުން ގާއިމުކޮށްފި އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ޑެންގީހުން ފެނިފައިވާ މިންވަރުވަނީ، އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. ޑެންގީހުމުގެ އިތުރުން މި ދުވަސްވަރު އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް ފެންނަމުންދާ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.އައިޖީއެމްއެޗް އިން ބުނީ އަލަށް ގާއިމުކުރި ފްލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބޭނެ ކަމަށެވެ.ފްލޫ ކްލިނިކަށްދާ ހުރިހާ އެންމެން ފުރަތަމަ އީއާރް ޓްރައިޖަށް ދިޔުމަށް އައިޖީއެމްއެޗް އިން އެދެ އެވެ.މިގޮތުން ކިއުބީ ޓޯކަން ސިސްޓަމުން ފްލޫ ކްލިނިކުގެ ޓޯކަން ނަންބަރު ނަގައިގެން، ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިޔުމަށް ޓްރައޭޖުން އިރުޝާދު ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން އަދި އުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ ދިވެހި ދަތުރުކުރާ ދުވަސްވަރެއްކަމުން ހުމާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ