އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އިންޓެރިމް ކޮމިޓީއިން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް، މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - "ވުމާ އެކު ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 2026ގެ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައި ޑިމޮކްރެޓްސްއިން ބުނެފައިވެ އެވެ.
ކެންޑިޑެސީ އެޕްލިކޭޝަން ހުށަހެޅުމުގައި ކަންކަން ކުރަން ޖެހޭ ގޮތުގެ ތަފްސީލު ވެސް އެ ބަޔާނުގައި ވަނީ ކިޔައިދީފަ އެވެ.
ގުޅުންހުރި ކަމެއް - އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިހާބުގައި ވާދަކުރަން ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލާފަ އެވެ. އެކަމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވާނީ 1 ފެބްރުއަރީގަ އެވެ.
އެނގުން މުހިންމު - ދަ ޑިމޮކްރެޓްސްއަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އެމްޑީޕީގެ ލީޑަޝިޕްގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދި، އެ ޕާޓީ ދޫކޮށް ދިޔަ މެމްބަރުން ޖުލައި 2023ގައި އުފެއްދި ޕާޓީއެކެވެ.
ނަމަވެސް މައްސަލަތައް ހައްލުކުރުމަށްފަހު ޑިމޮކްރެޓްސްގައި އިސްކޮށް އުޅުނު ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް މިދިޔަ އަހަރު އަލުން އެމްޑީޕީއާ ވަނީ ގުޅިފަ އެވެ.
ޑިމޮކްރެޓްސްއިން ކައުންސިލް އިންތިހާބަށް ނުކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ