ކައުންސިލް އިންތިހާބު: ވޯޓުލެވޭ މީހުންގެ ލިސްޓަށް 779 ޝަކުވާ
އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް 700 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިއަދު 3 ޖެހުމާ ހަމައަށެވެ.އިލެކްޝަނުން ބުނީ ސުންގަޑި ހަމަވިއިރު ޖުމްލަ 779 ޝަކުވާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:އެޑްރެސް ބަދަލުވެފައިވުންރަށްވެހިކަން ބަދަލުވުންމަރުވެފައިވާތީ ރަޖިސްޓްރީއިން ނަން އުނިކުރަންއިލެކްޝަންސްއިން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައި 295،000އެއްހާ މީހުންނަށް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވެ އެވެ. އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އީސީން ވަނީ އިއްޔެ ހުޅުވާލާފަ އެވެ. މި ފަހަރުގެ އިންތިހާބުގައި ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.އެޕްލިކޭޝަން ހުށަހެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދީފައިވާއިރު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ. އީސީގެ ޕޯޓަލްއިން ދައްކާ ގޮތުގައި މިހާތަނަށް 300 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ