މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން އެއް ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ކަމަށް މޯލްޑިސް ޒަކާތު ހައުސް އިން މިއަދު ވިދާޅުވެއްޖެއެވެ.
އެގޮތުން ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ބީއެމްއެލް، ފަހިޕޭ، އަވަސް އެޕް، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ. އަދި މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ވުޒާރާއިން ވިދާޅުވީ، މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ:
އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑުލުންނަމަ 53 ރުފިޔާ
ރަތް ހަނޑުލުންނަމަ 96 ރުފިޔާ
ބަސްމަތީ އާދައިގެ ހަނޑުލުންނަމަ 77 ރުފިޔާ
ބާސްމަތީ މޮޅު ހަނޑުލުންނަމަ 109 ރުފިޔާ
ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ 136 ރުފިޔާ
އާދައިގެ ފުށުންނަމަ 10 ރުފިޔާ އަދި
އާޓާ ފުށުންނަމަ 75 ރުފިޔާ
އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ