"ހުރިހާ ރައްޔިތުންނާ އަޅާލާ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންނަށްޓަކާ ވެރިކަން ކޮއްދެއްވި ހެޔޮ ރައީސެއް. މިއަދުގެ ނިންމުމާމެދު މުޅި ރާއްޖެ ހިތާމަ ކުރާނެ،"
މިއަދުގެ ނިންމުމާމެދު މުޅި ރާއްޖެ ހިތާމަ ކުރާނެ ކަމަށް އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް / ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ގައި މިއަދު ރައްޔިތުން ނިންމި ނިންމުމާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރުގެ އޯގާތެރި ހެޔޮ ވެރިކަމެއް މި ގައުމު ނުދެކޭ ކަމަށް ރާއްޖޭގެ ރައްޔިތުން އެއް އަޑަކުން ކިޔާ ދުވަސް މާލަހެއް ނުވާނެ ކަމަށެވެ."ހުރިހާ ރައްޔިތުންނާ އަޅާލާ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންނަށްޓަކާ ވެރިކަން ކޮއްދެއްވި ހެޔޮ ރައީސެއް. މިއަދުގެ ނިންމުމާމެދު މުޅި ރާއްޖެ ހިތާމަ ކުރާނެ،" ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.ވެރިކަމުގެ ދެވަނަ ދައުރެެއް ހޯއްދެވުމަށް މިއަދު އޮތް ރިޔާސީ އިންތިހާބު ގައި ރައީސް ސޯލިހް ވާދަކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ އެވެ. ނަމަވެސް މުއިއްޒު ވަނީ ރައީސް ސޯލިހްގެ މައްޗަށް ކާމިޔާބު ހޯއްދަވާފައެވެ. ޑރ. މުހައްމަދު މުއިއްޒު ވަނީ 126،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. ރައީސް ސޯލިހް ވެސް ވަނީ 108،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މިއަދުގެ ނިންމުމާމެދު މުޅި ރާއްޖެ ހިތާމަ ކުރާނެ: ރޮޒައިނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ