ބޯފެން ހުސްކުރި ފުޅިތަކެއްގައި ބަނގުރާ ހިފައިގެން ދިޔަ ދެމީހުން ހައްޔަރުކޮށްފި

ބޯފެން ހުސްކުރި ފުޅީގައި ބަނގުރާ އަޅައިގެން ދިޔަ ދެ ބިދޭސީއަކު، ހުޅުމާލެއިން ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލެ ފޭސް 1 ގެ މިދިލި މަގުން ދުއްވަމުންދިޔަ AB1B C4278 ނަންބަރު ވޭނެއް ހުއްޓުވައި ބަލައި ފާސްކުރުމުން، ބަނގުރާ ކަމަށް ޝައްކުކުރެވޭ ތަކެތި ބަންދުކޮށްފައިވާ 500 މިލީލީޓަރުގެ 40 ފުޅި ފެނިފައިވާ ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަނގުރާ އަޅާފައި ހުރީ ބޮނަކުއާ ފެން ހުސްކުރި ފުޅިތަކަކަށެވެ.
Advertisement
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުންނަކީ 47 އަހަރުގެ ރާޖަގޯޕާލް ސެލްވަގަނަޕަތީ އާއި 27 އަހަރުގެ ތަލަޕަތީ ޕުގަޒެންދީ އެވެ. މި ދެމީހުންނަކީވެސް އިންޑިއާގެ ރައްޔިތުންނެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދިއުމަށްޓަކައި ވޭން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
އަދި މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ