މޫސުން ގޯސްވުމުން އިދިކޮޅުގެ ހިނގާލުން ކެންސަލް
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލުމަށް ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު މާލޭގައި ބާއްވަން ރޭވި ހިނގާލުން ކެންސަލްކޮށްފި އެވެ.ހިނގާލުން ފަސްކޮށްފައިވަނީ މާލެ ސަރަހައްދުގެ މޫސުން ވަރަަށް ބޮޑަށް ގޯސްވުމާއި ގުޅިގެންނެވެ. ޕީޕީއެމުން ބުނީ "ދިވެހީންގެ ސުލްހަވެރި ހިނގާލުން" ނަމުގައި މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައި އޮތް ހިނގާލުން މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފައިވާ ކަމަށެވެ.ހިނގާލުން ދެން އޮންނާނެ ވަކި ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް ބުންޏެވެ.އިދިކޮޅުގެ ހަރަކާތްތައް މި ފަހުން އިތުރުކޮށްފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. ޅ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފައި ވާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް މިއަދު ބޯކޮށް ވާރޭ ވެހި، ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ބާރުވާނެ އެވެ.މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މާފަންނުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެން ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ