ތައިލެންޑުން ކެމްބޯޑިއާއާ ދެމެދު އޮންނަ ބޯޑަރުގައި ފެންސެއް ޖަހަން ފަށައިފި

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު އޮންނަ ބޯޑަރުގައި ފެންސެއް ޖެހުމުގެ މަސައްކަތް ތައިލެންޑުގެ އަސްކަރިއްޔާއިން ފަށައިފި އެވެ.
މިއީ މިދިޔަ އަހަރު ދެގައުމުގެ ދެމެދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކަށްފަހު، ކެމްބޯޑިއާާ އާއެކު އުފެދިފައިވާ މަސްރަހު އަދިވެސް ހަމައަކަށް ނޭޅޭތީ ތައިލެންޑުން އަޅާ ފިޔަވަޅެއް ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެ އެވެ. 
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
ތައިލެންޑްގެ އިރުމަތީ ޕޮންގް ނަމް ރޮން ސަރަހައްދުގައި ބިނާކުރި 1.3 ކިލޯމީޓަރުގެ މި ފާރަކީ ދަގަނޑު ދާގަނޑާއި ކޮންކްރީޓް ބޭނުންކޮށްގެން ހަދާފައިވާ ވަރުގަދަ ފާރެކެވެ.
ތައިލެންޑުގެ ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އުކްރިތު ބޫންތަނޯން ވިދާޅުވީ މިއީ ގައުމުގެ ދިގު މުއްދަތުގެ ސަލާމަތަށް އަމާޒުކޮށް ހަދާފައިވާ، ކުދި ހަތިޔާރުގެ ހަމަލާތަކުންވެސް ރައްކާތެރިވެވޭނެ ފަދަ ވަރުގަދަ ފާރެއް ކަމަށެވެ.
މި ފާރާ ގުޅުވައިގެން އިތުރު ހަތް ކިލޯމީޓަރުގެ ސަރަހައްދެއްގައި ފާރު ރޭނުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ ގައުމު ގުޅޭ 817 ކިލޯމީޓަރުގެ ބޯޑަރުގެ ހާލަތަށް ބަލައި، ފާރު ރޭނެން ހުރި އެހެން ސަރަހައްދުތައް ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖުލައި އަދި ޑިސެމްބަރު މަހު ބޯޑަރު ސަރަހައްދުގެ މިލްކުވެރިކަމާ މެދު އުފެދުނު މައްސަލައިގައި ހިނގި ހަމަނުޖެހުންތަކުގައި ވައިގެ ހަމަލާތަކާއި ބަރުހަތިޔާރު ބޭނުންކޮށްފައިވެ އެވެ. އަދި 150 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެ، 300،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފަ އެވެ.
ޖުލައި މަހު ހިނގި ހަމަނުޖެހުންތައް ފަސް ދުވަސް ތެރޭ ހުއްޓުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގެން ކުރެއްވި މަސައްކަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ