ހުޅުމާލެ-މާލެ ހައިވޭ ލައިޓު ކައިރީ މިރޭ ހިނގި އެކްސިޑެންޓެއްގައި ޕިކަޕެއް ދަށުވި މީހަކު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިރޭ ބުނީ ހައިވޭ، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގެ އެއާޕޯޓު ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
ތަފްސީލް - އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 10:12 ހާއިރު ކަމަށާއި އެކްސިޑެންޓު ހިނގީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެން ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހައިވޭ ލައިޓު ކައިރީ ހިނގި އެކްސިޑެންޓެއްގައި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ