ގޯލްޑަން ފުޓްސަލް ޗެލެންޖް: ވިލިމާލޭން ފުރަތަމަ ފަހަރަށް މާލެ ޒޯން ކާމިޔާބުކޮށްފި ގޯލްޑަން ފުޓްސަލް ޗެލެންޖް: ވިލިމާލޭން ފުރަތަމަ ފަހަރަށް މާލެ ޒޯން ކާމިޔާބުކޮށްފި

މައްޗަންގޯޅި އަތުން 4-1 އިން މޮޅުވެ، ވިލިމާލޭން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މާލޭ ސިޓީ ޓީމުތަކަށް ހާއްސަކޮށްފައިވާ ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިދިޔަ އަަހަރު ވިލިމާލެ ވަނީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މާފަންނު އަތުން ބަލިވެފަ އެވެ. އެކަމަކު، މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ކުޅުނު ވިލިމާލޭން މި ފަހަރުގެ މުބާރާތުގެ ނޮކައުޓް ބުރަށް ނުކުންނާނީ ޒޯން ތަށްޓާ އެކު އެވެ.
މިރޭ ކުޅުނު ޒޯން އަށެއްގެ ފައިނަލް މެޗުގެ އަށް ވަނަ މިނިޓުގައި ވިލިމާލެ އިން ލީޑުނެގީ ކެޕްޓަން އަލީ ޝިޔާހް (ޝިޔަޅޭ) ޖެހި ގޯލުންނެވެ.
އަދި އޭގެ ތިން މިނިޓު ފަހުން ކައިރިކައިރީގައި ދެ ގޯލު ވިލިމާލެ އަށް އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ޖަހައިދީ އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. އެކަމަކު، އޭގެ ހަތަރު މިނިޓް ފަހުން ހަސަން ސުފިޔާން (ސޫފީ) ގޯލް ޖަހައި ފަރަގު ކުޑަކުރި އެވެ.
ވިލިމާލެ އިން ޖެހި ހަތަރު ވަނަ ގޯލު ދެ ވަނަ ހާފުގެ ހަތް ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ ޝިޔަޅޭ އެވެ.
ވިލިމާލެ އިން ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދިއިރު, މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ބައްކު އެވެ.
ޒޯން އެކެއް ފައިނަލް: ހދ. ނައިވާދޫ - ހއ. ދިއްދޫ (20:00)
ޒޯން ދޭއް ފައިނަލް: ރ. އިނގުރައިދޫ - ރ. ދުވާފަރު (20:00)
ޒޯން ހަތަރެއް ފައިނަލް: އއ. މަތިވެރި - އދ. މަހިބަދޫ (22:00)
ޒޯން ހަތެއް ފައިނަލް: ޏ. ދަނޑިމަގު - ގދ. ވާދޫ (22:00)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ