ރައީސް މުއިއްޒުގެ އަނބިކަބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ ވަޑައިގަންނަވާ ކޮންމެ ހަފްލާއަކަށް ނުވަތަ އިވެންޓްކަށް މޭކަޕްއަށާއި އަދި ކޮސްޓިއުމަށް 30,000 ރުފިޔާ ޚަރަދު ކުރައްވަމުން ގެންދަވާކަމަށް “ދިޔަވަރު އޮންލައިން” އަށް މައުލޫމާތު ލިބިއްޖެއެވެ.
ނަން ހާމަނުކުރުމަށް އެދި, ސައްޙަ މައުލޫމާތު އެނގިހުރެ “ދިޔަވަރު އޮންލައިން” އަށް މައުލޫމާތު ދިން, ސާޖިދާގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ސަޖިދާ ހަފްލާތަކަށާއި އަދި އިވެންޓްތަކަށް ވަޑައިގަތުމަށް ފާއިތުވި ދޮޅު އަަހަރު ދުވަހުގެ ތެރޭގައި އެއް ހެދުމެއް ތަކުރާރު ކުރައްވާފައި ނުވާކަމަށާއި, ކޮންމެ ހަފްލާއަކަށް ނުވަތަ އިވެންޓަކަށް ތައްޔާރު ވުމުގެ ގޮތުން ކުރައްވާ މޭކަޕްއަށާއި އަދި ކޮސްޓިއުމަށް އެކަނިވެސް 30,000 ރުފިޔާއަށްވުރެ ގިނައިން ޚަރަދު ކުރައްވާ ކަމުގައެވެ.
“ދިޔަވަރު އޮންލައިން” އަށް މައުލޫމާތު ދިން, ހަގީގަތް ދެނަހުރި މަސްދަރުން ވިދާޅުވެފައިވާ ގޮތުގައި ސާޖިދާ މޭކަޕް ކުރުމުގެ ޒިންމާ އުފުލާ ޕްރައިވެޓް މޭކަޕް އާޓިސްޓުން ތިއްބަވައެވެ. އަދި އޭނާ ވިދާޅުވީ, ވަރަށްވެސް ބޮޑަށް ރީތި ހުތުރަށް ލޯބިކުރައްވާ ސާޖިދާ އަކީ ބްރޭންޑެޑް އަގުބޮޑު ތަކެއްޗަށްވެސް އެހާމެ ލޯބިކުރާ ފަރާތެއްކަމުގައެވެ.
ސާޖިދާ އަކީ, ފިރިހެނުންނާ ސަލާމް ކުރުމުގައިވެސް އެންހަމައެއް ނުގެންގުޅާވާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރު ތަކުގައި އެގައުމުތަކުގެ ރައީސުންނާއި އަދި އެސާރުކާރުތަކުގެ ފިރިހެން އިސް އޮފިޝަލުންނާވެސް ސާޖިދާ ޖެހިލުމެއް ނެތި ސަލާމް ކުރައްވާއިރު ރާއްޖޭގައި ކެނބިނެޓްގެ ފިރިހެން ވަޒީރުންނާ ސަޖިދާ ސަލާމް ނުކުރައްވައެވެ.
އެހެންނަމަވެސް އަނެއްބައި ހާލަތްތަކުގައި ބައެއް ދިވެހި ފިރިހެނުންނާއި ސާޖިދާ އަތާ އަތް ޖޯޑުކޮށް ސަލާމް ކުރައްވާ މަންޒަރު ވީޑިއޯތަކުން ފެންނާން ހުރެއެވެ. ގިނަ ބަޔަކު ގަބޫކުރާ ގޮތުގައި ސާޖިދާ ބައެއް ފިރިހެނުންނާއި ސަލާމްކޮށް, އަނެއްބައި ފިރިހެނުންނާ ސަލާމް ނުކޮށް ހައްދަވަނީ ދީނީ ކަމެއްގެ ބަދަލުގައި ސާޖިދާ ގަޔާވާ ފިރިހެނުންނަށް ބައްލަވައިގެންނެވެ.
ކޮންމެ ހަފްލާއަކަށް, އިވެންޓަކަށް ސާޖިދާގެ މޭކަޕްއަށާ ކޮސްޓިއުމަށް އެކަނިވެސް 30,000 ރުފިޔާ ޚަރަދު ކުރައްވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ