އަތޮޅު ތެރޭގައި ހުރި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ 100 އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މަގާމުތަކަށް ދިވެހިން ހޯދަން އިއުލާނުކޮށްގެން ނުލިބިގެން، ރާއްޖޭން ބޭރުން 40 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 70 ނަރުހުން ބޭނުންވާ ކަމަށް ހެލްތުން ކުރި އިއުލާނުގައި ބުންޏެވެ.
މައިގަނޑު ހަތް ދާއިރާއަކުން ހޯދަނީ، ކޮންމެ ސްޕެޝަލްޓީއަކަށް ފަސް ޑޮކްޓަރުންނެވެ.
ޑޮކްޓަރުންނަށް މުސާރައިގެ ގޮތުގައި 30،990ރ، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 425ރ، އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި 7،000ރ، އަދި ފުޑް އެލަވަންސްގެ ގޮތުގައި 2،400ރ. އާއެކު މަދުވެގެން 51،440ރ. ވަނީ ކަނޑައަޅައިފަ އެވެ.
ނަރުހުންގެ ކަނޑައަޅާފައިވަނީ، މުސާރަ އަށް 9،060ރ. މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 120ރ. އެކޮމޮޑޭޝަން އެލަވަންސަށް 3،000ރ. އަދި ފުޑް އެލަވަންސް އަށް 1،800ރ. އާ އެކު މަދުވެގެން 16،980ރ. އެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކި އަންނަ ބުރާސްފަތި ދުވަހެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
100އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ