މިނިސްޓަރު ހަލީލް އާއި ސައީދު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައިފި މިނިސްޓަރު ހަލީލް އާއި ސައީދު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައިފި

ތުރުކީ އާއި ރާއްޖެއާ ދެމެދު އޮންނަ އިގުތިސާދީ ގުޅުން ބަދަހި ކުރުމަށް އެ ގައުމުގެ ވިޔަފާރިވެރިންނާ ފޮރިން މިނިސްޓަރު، އަބްދުالله ހަލީލް އާއި އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު އަލީ ސައީދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
ތުރުކީގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ދިވެހި ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ތުރުކީގެ ވިޔަފާރިވެރިންނަށް ހުށަހެޅި އެވެ. އެ ޕްރެޒެންޓޭޝަނުގައި ދިވެހިރާއްޖެއަކީ ފަތުރުވެރިކަމާއި އިންވެސްޓްމެންޓުގެ ދާއިރާއިން ކުރިއަރަމުން އަންނަ ގައުމެއްކަން ފާހަގަކުރެއްވި އެވެ.
އޭގެއިތުރުން އިއާދަ ކުރަނިވި ހަކަތަ އާއި ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި ރިއަލް އެސްޓޭޓް ވިޔަފާރި އަދި ބަނދަރު ތަރައްގީ ކުރުމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރި އެވެ.
ދިވެހި ސަރުކާރުން ބުނީ ތުރުކީގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ބޮޑެތި ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި ސަރުކާރުން އަންނަނީ ތުރުކީއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، އެންމެ ފުރަތަމަ ރަސްމީ ދަތުރެއްގައި ވަޑައިގަތީ ވެސް ތުރުކީއަށެވެ. އެ ދަތުރުގައި ވިޔަފާރީގެ ދާއިރާއިންނާއި ދިފާއީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ. އަދި ފްރީ ޓްރޭޑު އެގްރީމަންޓެއްގެ މަސައްކަތް ވެސް ދަނީ ކުރިއަރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ