ވިޔަފާރި ކާމިޔާބުކުރުމަށް މެނޭޖްމަންޓާއި މާކެޓިން ދާއިރާއިން ވިލާ ކޮލެޖުގެ ޕްރޮގްރާމެއް ވިޔަފާރި ކާމިޔާބުކުރުމަށް މެނޭޖްމަންޓާއި މާކެޓިން ދާއިރާއިން ވިލާ ކޮލެޖުގެ ޕްރޮގްރާމެއް

ވިޔަފާރިއެއް ކާމިޔާބުކަމާއެކު ހިންގުމަށް ހަމައެކަނި މޮޅު އުފެއްދުމަކުން ނުވަތަ ހިދުމަތަކުން ފުއްދާނުލެވޭނެ އެވެ. އެ ވިޔަފާރިއެއް ހަރުދަނާ ގޮތެއްގައި ހިންގުމުގެ ގާބިލްކަމާއި، އެ ވިޔަފާރިއެއްގެ އުފެއްދުންތަކާއި ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ރަނގަޅު ފަރާތްތަކަށް ވާސިލްކޮށްދިނުމުގެ ހުނަރު މުހިންމެވެ.
ހަމަ އެއާއެކު ބާޒާރާއި ވާދަވެރިންނާ މެދު ފުންކޮށް ދިރާސާކޮށް، ބަދަލުވަމުން އަންނަ މާހައުލާ އެކަށީގެންވާ ގޮތުގައި ކުރިމަތިލާން އެނގުން ވެސް މުހިންމެވެ.
ޒަމާނީ ބޭނުންތަކަށް އިޖާބަދީ، މެނޭޖްމަންޓްގެ ދާއިރާ އާއި، މާކެޓިންގެ ހާއްސަ ހުނަރުތައް އެއް ޕްރޮގްރާމެއްގެ ދަށުން ވިލާ ކޮލެޖުގައި ހިންގާ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑްގެ ބެޗްލާ އޮފް އާޓްސް (އޮނާސް) އިން ބިޒްނަސް މެނޭޖްމަންޓް ވިތު މާކެޓިން ޕްރޮގްރާމަކީ، ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ އަދި މާކެޓިންއަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް ލިބިގެންދާ އަގުހުރި ފުރުސަތެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ، ވިޔަފާރީގެ މައިގަނޑު އުސޫލުތަކާއި، ހިންގުމުގެ ހުނަރުތަކުގެ އިތުރުން، މާކެޓިންގެ ފުޅާ ދާއިރާއިން ހާއްސަވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުމެވެ.
މިގޮތުން، މާކެޓިންގެ ތަފާތު ނަޒަރިއްޔާތުތަކާއި، އުސޫލުތަކާއި، އަމަލީ ގޮތުން ބޭނުންކުރެވޭ ޓެކްނިކްތަކާއި، ހާއްސަކޮށް ޑިޖިޓަލް މާކެޓިންގެ މުހިންމު ކޮންސެޕްޓްތަކާއި، އަދި މި ދާއިރާގައި ހުރި އެންމެ ފަހުގެ މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ދަރިވަރުންނަށް ލިބޭނެ އެވެ.
ވިލާ ކޮލެޖުގެ ގާސިމް އިބްރާހިމް ބިޒްނަސް ސްކޫލްގެ ޑީން އަބްދުﷲ ނާފިޒް ވިދާޅުވީ އެ ކޮލެޖުގެ ބީއޭ (އޮނާސް) އިން ބިޒްނަސް މެނޭޖްމަންޓް ވިތު މާކެޓިން ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ދަރިވަރުންނަށް އެ ދެ ދާއިރާގެ ވެސް ހަރުދަނާ ބިންގަލެއް އަޅައިދީ އަދި އަމަލީ ތަޖުރިބާ އާއި ތިއަރީ އެއްކޮށްލައިގެން ކަމަށެވެ.
"މިއަދުގެ ވިޔަފާރީގެ ބާޒާރުގައި ކާމިޔާބުވުމަށްޓަކައި، ހަމައެކަނި އެއް ދާއިރާއަކުން ހާއްސަވެގެން ނުފުދޭ. ބިޒްނަސް މެނޭޖްމަންޓް އާއި މާކެޓިން އަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ދާއިރާ. އަޅުގަނޑުމެންގެ މިއީ ދަސްވެނިވާއިރު، ވަޒީފާގެ ބާޒާރަށް ނުކުންނައިރު ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާތަކެއް ލިއްބައިދޭނެ ޕްރޮގްރާމެއް،" އޭނާ ވިދާޅުވި އެވެ.
އެ ޕްރޮގްރާމުން ދަރިވަރުންނަށް މުއައްސަސާތައް ހިނގާ ގޮތާއި، އޭގެ އޮނިގަނޑުތަކާއި، އަދި ބަދަލުވަމުންދާ ބޭރުގެ މާހައުލުތައް ދިރާސާކުރުމުގެ ފުރުސަތު ލިބެ އެވެ. ވިޔަފާރީގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ހުރި ތަފާތު ހައްލުތައް ވަޒަންކޮށް، އެކަށީގެންވާ ގޮތް ހޯދުމުގެ ގާބިލްކަން ތަރައްގީކުރެވެ އެވެ.
މި ޕްރޮގްރާމްގެ ހަމައެކަނި ބޭނުމަކީ ވިޔަފާރީގެ ނުވަތަ މާކެޓިން ދާއިރާއިން ވަޒީފާއަކަށް ދަރިވަރުން ތައްޔާރުކުރުމެއް ނޫނެވެ. ދިރިއުޅުމަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދީ، ދަރިވަރުންގެ ކުރިއެރުމަށް މަގުފަހިކޮށްދީ، މުޖުތަމައަށް ފައިދާކުރަނިވި އަދި އަބަދުވެސް އުނގެނުމަށް ޝައުގުވެރިކަން ހުންނަ ގާބިލް ފަރުދުންތަކެއް ބިނާކުރެ އެވެ.
މީގެއިތުރުން މިއީ ހަމައެކަނި ޑިގްރީއެއް ހާސިލްކުރުމެއް ނޫނެވެ. މިއީ ވިޔަފާރީގެ ދުނިޔޭގެ ގޮންޖެހުންތަކާ ހިތްވަރާއެކު ކުރިމަތިލައި، މާކެޓިން، އޭގެ ޒަމާނީ އަދި އަމަލީ ގޮތްތަކާއެކު، ބޭނުންކޮށްގެން ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ލިބޭ ފުރުސަތެކެވެ. މިއީ އަމިއްލަ ވިޔަފާރި ފެށުމުގެ ހުނަރާއި ވިސްނުން ވެސް ހޯދައިދީ، މުޖުތަމައަށް ހިދުމަތްކުރާނެ، އަދި އަމިއްލަ ކުރިއެރުން ހޯދާނެ، ހުނަރުވެރި ލީޑަރުންތަކެއް ބިނާކުރުމުގެ ފެށުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ