މޭޔަރ އާޒިމް ބިނާ ކުރައްވަނީ ލޯތްބާއި ކުލުނުގެ މާލެއެއް!

ލޯތްބާއި އަޅާލުމާއި ކުލުނުގެ މާހައުލަކަށް މާލެ ސިޓީ ހެއްދެވުމަށް މާލޭ މޭޔަރ އާދަމް ހުއްޓާނުލާ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އެބގެންދަވައެވެ. ރައްކާތެރި އަމާން ހިތްފަސޭހަ މާހައުލަކަށް މާލެސިޓީ ހެދުމަށް ކުރައްވާ މަސައްކަތުގެ ނަތީޖާ، ދާދި އަވަހަށް ފެނިގެން ދާނެއެވެ. 
މާލޭގެ މަގުތަކުގެ އަޑިގުޑަންތައް ފިލުވުމާއި ކާނުތައް ސާފުކޮށް ގޯޅިގަނޑު ތަކަށް ދާންދެން ގައުއެތުރުން ފަދަ ކަންކަމުން ފެށިގެން މާލޭގެ އުސް ޢިމާރާތްތަކުގައި ދިރިއުޅުއްވާ، ޢުމުރުން ދުވަސް ވީ މީހުންނާއި ކުޑަކުދިން، ހިތްފަސޭހަ ކޮށްލުމަށް ނިކުމެ އުޅޭނެ ތަންތަން ތަރައްގީ އެބަކުރައްވައެވެ. 
މާލެ ސިޓީއަކީ ފެހި ފިނި ތަނަކަށް ހެދުމަށް ގަސް އިންދާ ހައްދާ މައިޒާންތަކާއި ޕާކްތައް ހެދުމާއި އާބާުތުރަ ފިލުވުން މެދުނުކެނޑި ގެންދަވަނީ ކުރިއަށެވެ. ރެއާއި ދުވާލު މާލެސިޓީ ކައުންސިލްގެ މުއައްޒަފުން މާލެތެރޭގައި އެތަންމިތާ ރައްޔިތުންގެ ހިދުމަތުގައި ކުރަމުންދާ މަސައްކަތް ކޮންމެ ދިމާއަކުވެސް ވެނިފެނި ހުރެއެވެ. 
މާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދާ ދެއްވުމަށްވެސް ގިނަގުނަ އަމަލީ މަސައްކަތްތަކެއް އެބަކުރައްވައެވެ. ރައްޔިތުންގެ ލާބައަށް ކުރައްވާ ކަންކަމުގައި ފަނާކުރަނިވި ފާޑުކިޔުންތަކަށް ބެއްލެވުމެއް ނެތި ބިނާކުރަނިވި ފާޑުކިޔުންތަކަށް ތަރުހީބު ދެއްވަމުން އަމާޒަށް ވާސިލުވެ ވަޑައިގަންނަވަނީ ފަސްއެނބުރި ނުބައްލަވައެވެ.
މާލޭގެ މުނިސިޕަލް ހިދުމަތް ތަކުގެ އިތުރަށް މާލޭގެ ބޯހިޔާވަހިކަމަށް ހައްލުހޯއްދަވާ ދެއްވުމަށް މާލޭގެ ރައްޔިތުންނާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް މޭޔަރ ދަނީ ކުރައްވަމުންނެވެ. ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ ހައްގު ހޯދާދިނުމަށް މޭޔަރު އިސްނަންގަވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވައެވެ. 
ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން ހައްގު ހޯދުމަށް މަސައްކަތް ކުރަމުންދާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުންނާއި މަޝްވަރާކޮށް މާލޭގައި ދިރިއުޅޭ މީހުންގެ ހައްގުގައި ބޮޑެތި މަސަައްކަތްތަކެއް މޭޔަރ ދަނީ ކުރައްވަމުންނެވެ. ކުރައްވާ މަސައްކަތުގެ ހެޔޮ ނަތީޖާވެސް ދަނީފެންނަމުންނެވެ. މާލެ ސިޓީގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެން ކޮންމެ ކަމެއް ލަހެއް ފަހެއް ބަހާނާއެއް ނެތި މޭޔަރ އާޒިމް ދަނީކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ