މާދަމާ ހަވީރު 16:00 އިން 18:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ

އީދު ފާހަގަ ކުރުމުގެ ގޮތުން އާއިލާތަކަށް ހިތް ފަސޭހަ ވަގުތު ކޮޅެއް ދިނުމުގެ ގޮތުން މާދަމާ ހަވީރު 16:00 އިން 18:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާވާނެ އެވެ.
އީދު ފާހަގަ ކުރުމުގެ ގޮތުން އާއިލާތަކަށް ހިތް ފަސޭހަ ވަގުތު ކޮޅެއް ދިނުމުގެ ގޮތުން މާދަމާ ހަވީރު 16:00 އިން 18:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ. 
މާލެ ސިޓީ ކައުންސިލުން ބުނީ 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހާއި ގުޅިގެން ގްރޭޓާ މާލެ އޭރިއާގެ މަގުތަކުގައި އިންޖީނުލީ އުޅަނދު އަދި ބެޓެރި ވެހިކަލްތައް ދުއްވުން މަނާ ވަގުތެއް ކަނޑައަޅާފައިވާ ކަމަށެވެ. 
ސިޓީ ކައުންސިލުން ބުނީ ކޮންމެ އަހަރެއްގެވެސް ފިތުރު ޢީދު އަދި އަޟްޙާ ޢީދު މި ދެދުވަސް އެހެން ގޮތަކަށް ނިންމާފައި ނުވާކަމުގައިވާނަމަ މާލޭ ސިޓީގައި ވެހިކަލް ނުދުއްވާ ވަގުތެއްގެ ގޮތުގައި ހަވީރު 16:00 އިން 18:00 އަށް ހަމަޖެއްސުމަށް ނިންމާފަ އެވެ. މި ނިންމުމާއި ގުޅިގެން 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓާ މާލޭގެ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި ވަނީ ނިންމާފަ އެވެ.
ކައުންސިލުން ބުނީ މި ވަގުތުތަކުގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ މި ކައުންސިލްގެ ޢާންމު ހިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) މިއަދު ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00 އިން 15:45 އަށް ދޫކުރާނެ ވާހަކަ ދެންނެވީމެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ