ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް, މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ނ.އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލުނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލް ނެރެފައިވަނީ، މިއަދު ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 22:30 ގެ ނިޔަލަށެވެ. މެޓް އޮފީހުން ބުނީ ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނޭކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ މާދާމާގެ ހެނދުނު 6:00 އަށް ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި, މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ދެކުނުގެ އަތޮޅުތަކަށް, އިރު ދެކުނާއި, ދެކުނުން ގަޑިއަކު 5 މޭކާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި, ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް ވަނީ ބުނެފައެވެ.
އުތުރާއި މެދުރާއްޖެތެރޭ ހިސާބު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސް. ނ.އަތޮޅުން ހައްދުންމައްޗަށް ހުދު ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ