ފަތުރުވެރިންނަށް ދޫކުރާ ވިސާގެ މުއްދަތު 48 ގަޑިއިރު ތެރޭގައި އިތުރުކުރެވޭ ގޮތް ހަދައިފި

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދޫކުރާ ވިސާގެ މުއްދަތު އިތުރުކުރުމުގެ މަރުހަލާ އަވަސްކޮށް، ގިނަވެގެން 48 ގަޑިއިރު ތެރޭގައި އެ ޚިދުމަތް ލިބޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި، މި ލުއިތައް ދީފައިވަނީ ސަލާމަތީ ގޮތުން ބަލަންޖެހޭ އެންމެ މަތީ މިންގަނޑުތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ. މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށް އަންނަ ބަދަލުތަކާ ގުޅިގެން، އައު މާކެޓުތަކުން ފަތުރުވެރިން ގެނައުމަށް ސަރުކާރާއި ވިޒިޓް މޯލްޑިވްސްއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ