ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ރާއްޖޭގެ އެންމެ ކުޑަ ރޭޓްގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިނޭންސިންގ ފެސިލިޓީއެއް ތައާރަފްކޮށްފިއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ތައާރަފްކުރި ހޯމް ފައިނޭންސިންއެކެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ އަހަރަކު %7.5 ރޭޓްގައި ތައާރަފްކުރި މި ފައިނޭންސިންގ ސްކީމްއަކީ ރާއްޖޭގެ އެންމެ ކުޑަ ރޭޓްކަމަށެވެ. މަޝްރޫއުގެ ޖުމްލަ ހަރަދުގެ %95އާ ހަމައަށް ފައިނޭންސް ކޮށްދޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ބީއެމްއެލްއިން ތައާރަފްކުރި މި ފައިނޭންސް ފެސިލިޓީއަށް 24 މަސްދުވަހާއި ހަމައަށް ގްރޭސް ޕީރިއަޑް ލިބޭނެއެވެ. އަދި ފައިސާ އަނބުރާ ދައްކަން 25 އަހަރާއި ހަމައަށް ދިގު މުއްދަތެއް ލިބޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ސީއީއޯ މީގެކުރިން ވިދާޅުވެފައިވަނީ ރިސޯޓްތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުންނަކީ ސަރވިސް ޗާޖާއި މުސާރަ ޑޮލަރުން ލިބޭ ފަރާތްތައްކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން ބީއެމްއެލްއިން އެ ފަރާތްތަކަށް ކުޑަ އަގެއްގައި ލޯނު ނެގޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ. އެއީ އެ ފަރާތްތަކުން ލޯނު އަނބުރާ ޑޮލަރުން ދައްކާނަމަކަމަށް ސީއީއޯ ވިދާޅުވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ، މި އަހަރުގެ މިހާތަނަށް އެ ބޭންކުން ލޯނުގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށެވެ. މިއީ މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދުގެ %50 އަށްވުރެ ބޮޑު މިންވަރެއްކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ވިދާޅުވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބީއެމްއެލްގެ ފައިނޭންސް ފެސިލިޓީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ