ފިނޭންސް ދަށަށް އެލްޖީއޭ ދިއުމުން އެ ބޯޑުގެ ރައީސްއަކަށް މިނިސްޓަރު ޒަމީރު

ސިޓީސް މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ ޒިންމާތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރައީސްއަކަށް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެލްޖީއޭގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ލިޔުމުގައިވާ ގޮތުން ޒަމީރު އެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރެއްވީ މިއަދު އެވެ.
ތަފްސީލު - މީގެ ކުރިން އެލްޖީއޭގެ ބޯޑުގެ ރައީސްއަކަށް ހުންނެވީ، އުވާލާފައިވާ ސީޓީސް މިނިސްޓަރީގެ މިނިސްޓަރު އާދަމް ޝަރީފް އެވެ.
އެލްޖީއޭގެ ރައީސް އަދި ސީއީއޯ ހިމެނޭ ގޮތަށް އެ އޮތޯރިޓީވެ ބޯޑު އެކުލެވިގެންވަނީ ނުވަ މެންބަރުންގެ މައްޗަށެވެ. ބޯޑުގެ ރައީސްގެ ޒިންމާއަކީ ބޯޑު ބައްދަލުވުންތައް ބޭއްވުމެވެ. ސީއީއޯގެ ޒިންމާއަކީ، ދުވަހުން ދުވަހަށް އެލްޖީއޭ ހިންގުމެވެ. އެ ދެ މަގާމަށް ވެސް ބޭފުޅުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ލާމަރުކަޒީ ގާނޫނުގެ 60 ވަނަ މާއްދާގައިވާ ގޮތުން އެލްޖީއޭގެ ރައީސްއަކީ، އެލްޖީއޭގެ މެންޑޭޓް އޮންނަ މިނިސްޓްރީގެ މިނިސްޓަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ