ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒަކާއި އިސްލާމީ ޔުނިވާސިޓީގެ ގޮތްޕެއް ގާއިމުކޮށްދެއްވުމަށް އިސްލާމިކް މިނިސްޓަރުގެ އަރިހުން ކުޅުދުއްފުށީ މޭޔަރު އެދިވަޑައިގަންނަވައިފި އެވެ.
މިކަމަށް އެދިވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއެކު މޭޔަރު އާތިފް ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.
މީގެ އިތުރުން ކުޅުދުއްފުށީގެ މިސްކިތްތައް މަރާމާތުކުރުމަށް ސިޓީ ކައުންސިލްގެ ބަޖެޓުން ކުރަންޖެހޭ ބޮޑު ހޭދައަށް ރިއާޔަތްކޮށް މިނިސްޓްރީގެ ފަރާތުން އެކަމަށް އިތުރަށް އެހީވެދެދިނުމަށްވެސް އެދިލެއްވި އެވެ.
ކުޅުދުއްފުށީގައި މިސްކިތު ޓްރަސްޓް ފަންޑެއް ގާއިމުކުރުމަށް ސިޓީ ކައުންސިލުން ކުރި މަސައްކަތް، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބުމުގެ ސަބަބުން މަޑުޖެހިފައިވާ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް މޭޔަރު، މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންނެވި އެވެ.
އަންގާރަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މޭޔަރުގެ އިތުރުން ބައެއް ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒަކާއި އިސްލާމީ ޔުނިވާސިޓީގެ ގޮތްފެއް ގާއިމުކޮށްދިނުމަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ