ފީއަލީގައި އަނދައި ހުލިވި އައިސްޕްލާންޓުގެ މަސައްކަތް އަވަސްކުރުމަށް ކައުންސިލުން އެދިއްޖެ

ފ. ފީއަލީގައި މިދިޔަ އޭޕްރިލް މަހު ހިނގި އަލިފާނުގެ ހާދިސާގައި އަނދައި ހުލިވި އައިސްޕްލާންޓުގެ މަސައްކަތް އަވަސްކުރުމަށް ފީއަލީ ކައުންސިލުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްގެ އަރިހުގައި އެދިއްޖެއެވެ. މިދިޔަ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އެ ސަރަހައްދުގައި އޮތް ތިން ދޯންޏަކަށް ވެސް ފެތުރުނެވެ. އަދި ރޯވި އުޅަނދާ 15 ވަރަކަށް ފޫޓު ދުރުގައި ހުރި އައިސްޕްލާންޓަށް ވެސް ހުޅުގަނޑު ފެތުރި، ބޭނުންނުކުރެވޭ ވަރަށް އެނދިއެވެ. https://sun.mv/220375 ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ، މިނިސްޓަރު ޝިޔާމް ފީއަލީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އަސްލަމާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ފީއަލީ ކައުންސިލުން ވަނީ އައިސްޕްލާންޓަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށާއި، އައިސްޕްލާންޓުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އެދިފައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. https://x.com/MFAORmv/status/2067290832429089219 މީގެ އިތުރުން ސްޕޯޓްސް ފިޝިންއަށް ޚާއްސަކޮށްގެން އެ ރަށުގައި ވަދުކަނދުފައްޗެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މިނިސްޓަރާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ފީއަލީ އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. ފެނަކައިން އެ ތަން މިފްކޯއާ ހަވާލުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ މީހަކު ވަރަށް ބޮޑަށް ފިހިގެން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނައެވެ. ނަމަވެސް މިދިޔަ މަހުގެ ހަތްވަނަ ދުވަހު އޭނާ ވަނީ މަރުވެފައެވެ. https://sun.mv/221653 ފީއަލީ ކައުންސިލުން މީގެ ކުރިން ފުލުހުންނާ ބައްދަލުކޮށް ވަނީ، މި ހާދިސާގެ ސަބަބުން އުޅަނދުފަހަރަށާއި ރަށުގެ އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރާ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމުގެ މުހިންމު ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ