ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް ދިއްދޫ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ދިއްދޫ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ހަމަޖައްސައިފި އެވެ.
ބުނީ ކީކޭ؟ - ނަޝީދު އެކަން އިއުލާންކުރެއްވީ ދެންމެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"އަޅުގަނޑުގެ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ތަރުޖަމާނަކީ ގައުމީ މަޖިލިސް ދިއްދޫ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ކަމުގައި ހަމަޖެއްސި ވާހަކަ ދަންނަވަން،" އެ ޕޯސްޓުގައި ނަޝީދު ވިދާޅުވި އެވެ.
އެނގުން މުހިންމު - އަންނަ ޖޫން މަހުގެ ތެރޭގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ އިތުރުން ދެން ވާދަކުރައްވަނީ
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް 
މުހައްމަދު ވަހީދު
ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކޮށް، ތާރީހު ކަނޑައަޅައި، ޓައިމްލައިނެއް ނެރުނު ފަހުން އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނެރުނު ޓައިމްލައިނެއް ކަމަށް ބުނެ ނަޝީދުގެ ޓީމުން ވަނީ އެ ޓައިމްލައިން ބާތިލުކޮށްދޭން އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ