މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން
ގާއިމުކުރަން ނިންމާފައިވާ 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް
ސިސްޓަމްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ސިވިލް ކޯޓަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލާގައި ކޯޓުން ހުކުމެއް ކުރުމުގެ ކުރިން ނުވަތަ ވަކި ގޮތަކަށް ކަނޑައެޅުުމުގެ ކުރިން އެ ޕްރޮޖެކްޓުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެފި އެވެ.ބޯޑާ
ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ނެކްސްބިޒްއާ އެކީ
ކުރިޔަށް ގެންދަން ކެބިނެޓުން ނިންމުމާ ގުޅިގެން އެކަން
ކުރިއަށް ގެންދަން އިއްޔެ އެ ކުންފުންޏަށް އަންގާނެ ކަމަށް އިމިގްރޭޝަން
ކޮންޓްރޯލަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު މެލޭޝިއާގެ ނެކްސްބިޒް
ލިމިޓެޑާ ހަވާލުކުރި މަޝްރޫއުގެ މަސައްކަތް މަޑު ޖައްސާލީ އޭސީސީ އަށް
ބަޔަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. އޭސީސީން ބުނެފައި ވަނީ އެ އެގްރިމަންޓްގައި ސޮއިކޮށްފައިވަނީ،
ސޮއިކުރަން އޮތް ދުވަހު އެކަން މަޑުޖައްސާލަން އެ ކޮމިޝަނުން ލިޔުމުން
އަންގާފައިވަނިކޮށް ކަމަށެވެ. އަދި އެ މަސައްކަތް މަޑު ޖައްސާލަން އެންގުމުން
އިމިގްރޭޝަނުން ކުރިޔަށް ގެންދަން އުޅުމުން ރައީސް އޮފީހުން ވަނީ އޭސީސީގެ
އެންގުންތަކަށް އަމަލު ކުރުމަށް އަންގައިފަ އެވެ.
ކޯޓުން ގޮތެއް ކަނޑައަޅަންދެން ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ނުކުރުމަށް އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ