3 މަސް ތެރޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން އަންގައިފި

ކުރިއަށް ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ކުރިން އަންގާފައިވާ ލަނޑުދަނޑިއާ އެއްވަރަށް މުވައްޒަފުން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިދިޔަ އާދީއްތަ ދުވަހު އަންގައިފި އެވެ.
ވީކިހިނެއް؟ - ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށް ކުންފުނިތަކަށާއި ފިނޭންސް މިނިސްޓްރީއަށް ޕީސީބީން ސާކިއުލާއެއް ފޮނުވީ މީގެ 3 މަސް ކުރިން، 18 އޭޕްރީލްގަ އެވެ.
ތަފްސީލް - ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ވަނީ، މީގެ 3 މަސް ކުރިން ނެރުނު ސާކިއުލާގައިވާ ލަނޑުދަނޑި ކަމަށްވާ %33 މުވައްޒަފުން މަދުކުރުމަށް ދެވޭނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން 3 މަސްދުވަސް ކަމަށެވެ. އެގޮތުން:
އެ އެންގުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް، އެ ސާކިއުލާއާ އެކު ކުންފުނިތަކަށް ފޮނުވާފައިވާ އެކްސެލް ޓޫލް މެދުވެރިކޮށް މުވައްޒަފުން މަދުކުރުމުގެ މަސައްކަތުގެ އަދާހަމަ ހިއްސާކުރަަން ޖެހޭ
ޕީސީީބީގެ އެންގުންތަކަށް އަމަލުކުރުމަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމުގެ ގާނޫނުން ސަރުކާރު ކުންފުނިތަކަށް ލާޒިމުކަމެއްކަން އެ ސާކިއުލާއިން ހަނދާންކޮށްދީފައިވޭ
އެނގުން މުހިންމު - މީގެ 3 މަސް ކުރިން ނެރުނު ސާކިއުލާގައި އިތުރަށް އަންގާފައިވަނީ:
ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށް
މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނި
މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި، އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓާ ކުރުމަށް
މި އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ