ވޯލްޑް ކަޕް ފައިނަލް ދައްކަން ފައިސަލް ފައުންޑޭޝަނަށް ސްކޫލްގެ ހޯލު ދިނުމަށްފަހު އަތުލައިފި

ޏ. އަތޮޅު ސްކޫލް ހޯލުގައި ވޯލްޑް ކަޕް 2026 ގެ ފައިނަލް ދެއްކުމުގެ ހުއްދަ ފައިސަލް ފައުންޑޭޝަނަށް ދިނުމަށްފަހު އެ ހުއްދަ ބާތިލުކޮށްފި އެވެ. 
މީގެ 28 އަހަރު ކުރިން 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ފެށިގެން ކޮންމެ މުބާރާތެއްގެ ފައިނަލް ވެސް އަތޮޅު ސްކޫލުގެ ހޯލުގައި ފައިސަލް ފައުންޑޭޝަނުން އަންނަނީ ސްކްރީން ކުރަމުންނެވެ. 
Yes Maldives Pvt Ltd
Villa College
MU STORE
Enterprise Development Industrial Pvt Ltd
MU STORE
މިފަހަރުގެ ހުއްދަ ކެންސަލް ކުރިއިރު، ސްކޫލުގެ ހޯލުގައި ޖެހި 20 ފޫޓުގެ ސްކްރީނެއް ޖެހި ފަހުންނެވެ. ހުއްދަ ބާތިލް ކުރުމުން އެ ސްކްރީން އެތަނުން ނެރެން ޖެހުނީ ހަލާކުކޮށްލައިގެންނެވެ. 
ފައިސަލް ފައުންޑޭޝަނުގެ އޮފިޝަލަކު ވިދާޅުވީ މާދަމާ ރޭ އޮންނަ ވޯލްޑް ކަޕުގެ ފައިނަލް މެޗު ދައްކަން ފައިސަލް ފައުންޑޭޝަނަށް ހުރަސް އަޅަނީ ސަރުކާރުން ކަމަށެވެ. 
"1998 އަކުން ފެށިގެން ވޯލްޑް ކަޕް ފައިނަލްސް ވެއެތުވެދިޔަ ކޮންމެ އަހަރަކު ފައިސަލް ފައުންޑޭޝަނުން ފުވައްމުލަކުގެ ރައްޔިތުންނަށް، ސްކޫލުގެ ހޯލުގައި ދެއްކި. މިއީ ސަރުކާރުން ޖެއްސި އުނދަގުލެއް،" އޭނާ ވިދާޅުވި އެވެ. 
ވޯލްޑް ކަޕް ފައިނަލް ބަލަން ފައިސަލް ފައުންޑޭޝަނުން ބާއްވާ އިވެންޓުގައި ކޮންމެ ފަހަރަކު ވެސް އެކި އިނާމުތައް ދެ އެވެ. މިފަހަރު އެއް ވަނަ އިނާމަކަށް އުމްރާ ދަތުރެއް ހަދިޔާ ކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ. 
ފައިނަލް މެދު ދައްކަން ސްކޫލުގެ ހޯލު ނުދިނުމުން، މެޗު ދެއްކުން މާދަޑު އަވަށު ސްޕޯޓްސް ޕާކަށް ފައިސަލް ފައުންޑޭޝަނުން ވަނީ ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ