ދޮޅު ކިލޯ ޑްރަގު އެތެރެކުރި މައްސަލާގައި ހިމެނޭ ދެ އަންހެނުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރާއްޖެއަށް 1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހު ހައްޔަރުކުރި ދެ އަންހެނުންގެ ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސް، ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ކޯޓުގައި ބުނެފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނީ ރޫނާ ކަމަށެވެ. އަދި މި މައްސަލާގައި ދެން ހިމެނޭ އަލްޔާ ރާއްޖޭން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދުގެ ދަށުން ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.
މި ދެ މީހުންގެ ތެރެއިން ރޫނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި މައްސަލައިގެ ތަހުގީގު ނިމި ޝަރީއަތުގެ މަރުހަލާ ކުރިއަށްދާއިރު، ދެ މީހުންވެސް ތިބޭނީ ރިމާންޑް ޖަލެއްގައި ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ