ދިވެހި ރުފިޔާގެ އަގު އަރައި ޑޮލަރުގެ އަގު ތިރިވަންދެން ސަރުކާރުން ހަރަދުތައް ކުރުން ހުއްޓާލައި، އުމްރާނީ ތަރައްގީގެ މަސައްކަތްތައް މަޑުޖައްސާލަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިވަގުތު ސަރުކާރުން ހަރަދު ކުރަންޖެހޭނީ ހަމައެކަނި އަސާސީ ކަންކަމަށް ކަމަށެވެ.
MU STORE
Enterprise Development Industrial Pvt Ltd
Villa College
Enterprise Development Industrial Pvt Ltd
MU STORE
"ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވައި އެއްވެސް ހަރަދެއް ކުރުން ރަނގަޅެއް ނޫން. އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓާލަންޖެހޭ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވީ ރަށްރަށުގައި ނުނިމި ހުރި މަސައްކަތްތަކުން ސަރުކާރުން އަތް ދޫކޮށްލައި، އެކަންކަން ރަށު ކައުންސިލްތަކާ ހަވާލު ކުރުމުން ކުރިއަށްދާނެ ކަމަށެވެ.
"ކައުންސިލުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކައި އެ މަސައްކަތް ނިންމިދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ޑޮލަރުގެ އަގު ރިކޯޑު މިންވަރަކަށް މައްޗަށް ދިޔައީ ނިމިދިޔަ ހަފުތާގަ އެވެ. މިހާރު ވެރި ރަށް މާލެއިން ޑޮލަރެއް ގަންނަން ލިބެނީ 21.25 ރުފިޔާއަށެވެ. ޑޮލަރުގެ އަގު މައްޗަށް ގޮސްފައި މި ވަނީ މިއަހަރު ރިކޯޑު މިންވަރަކަށް ދަރަނި ދެއްކުމާއި ޑޮލަރުގެ އިސްރާފު ގިނަވުމާއި އާ އިންވެސްޓްމެންޓުތައް ނުވަނުމާއި ލޯނު ހޯދުމުގެ ގާބިލްކަން ސަރުކާރުގެ ނެތުމުންނެވެ.
ޑޮލަރުގެ އަގު މައްޗަށްދިޔައިރު، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވާއި ޔޫޒަބަލް ރިޒާވް ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. ރިޒާވް ދަށްވީ ޓީޓީ ސަޕޯޓަށް ބޭނުންވާ ޑޮލަރު ދޭ މިންވަރު އިތުރުވުމުންނެވެ. އެއީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓަން ކުރަންޖެހޭ ހޭދަ އިތުރުވުމުގެ ނިޝާނެއް ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.
"ރިޒާޗް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރަންޖެހުނު ހޭދަ ގިނަވުން. މީގެ ތެރޭގައި، ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވުން ހިމެނޭ. މިއިން ދޭހަކޮށްދެނީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ކުރަންޖެހޭ ހޭދަވެސް ބޮޑުވަމުންދާކަން،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.
ޑޮލަރުގެ އަގު ތިރިވަންދެން އުމްރާނީ ތަރައްގީގެ މަސައްކަތްތައް މަޑުޖައްސާލަން ނަޝީދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ