ޑޮލަރުގެ އަގު ތިރިވަންދެން އުމްރާނީ މަޝްރޫއުތައް މެދުކަނޑައިލަން ނަޝީދު ގޮވާލައްވައިފި
ދިވެހި ރުފިޔާގެ އަގު އަރައި ޑޮލަރުގެ އަގު ތިރިވަންދެން ސަރުކާރުން ހަރަދުތައް ކުރުން ހުއްޓާލައި، އުމްރާނީ ތަރައްގީގެ މަސައްކަތްތައް މަޑުޖައްސާލަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. "އެކްސް"ގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދު ފިޔަވައި އިތުރު ޚަރަދުތައް ކުރުން ރަނގަޅެއް ނޫން ކަމަށެވެ.ނަޝީދު ވިދާޅުވީ ރަށްރަށުގައި ނުނިމި ހުރި މަސައްކަތްތަކުން ސަރުކާރުން އަތް ދޫކޮށްލައި، އެކަންކަން ރަށު ކައުންސިލްތަކާ ހަވާލު ކުރުމުން ކުރިއަށްދާނެ ކަމަށެވެ. "ކައުންސިލުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކައި އެ މަސައްކަތް ނިންމިދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ. ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، މައުލޫމާތު އޮޅުންފިލުވުމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ފަރާތުން ގަވަރުނަރު އަޙްމަދު މުނައްވަރާ ބައްދަލުކުރުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ފަރާތުން ވަނީ އެދިފައެވެ.ޑޮލަރުގެ އަގު ރިކޯޑު މިންވަރަކަށް މައްޗަށް ދިޔައީ ނިމިދިޔަ ހަފުތާގަ އެވެ. މިހާރު ވެރި ރަށް މާލެއިން ޑޮލަރެއް ގަންނަން ލިބެނީ 21.25 ރުފިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ