ސިހުރު ހެދުމާއި ސިހުރު ހެދުމަށް ބޭނުންކުރާ އާލާތް ގެންގުޅޭ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އޭނާ ބަންދުގައި ބެހެއްޓުމަށް އިއްޔެ އަމުރުކޮށްފި އެވެ.
ވީކިހިނެއް؟ - ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަަމުރުން އެނގުނު ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ހައްޔަރުކުރަނީ މާފަންނު ހޮލިޑޭސްޓޭ ގެސްޓްހައުސްގެ ކޮޓަރިއަކުންނެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި އެ މީހާ ހައްޔަރުކުރަނީ، ސިހުރު ހަދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގެސްޓް ހައުސްއެއްގެ ކޮޓަރިއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ފަހުގަ އެވެ. އެ ގޮތުން:
ހައްޔަރުކުރި މީހާއަކީ މުސާ ނައީމް، 63، ހުދުވެލި/ށ. ފޭދޫ
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވޭ
ފުލުހުން ބަލައި ފާސްކުރި ގެސްޓްހައުސް ކައިރިން ކޮޓަރިން މައްސަލައާ ގުޅުން ހުރި، ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށް ބުންޏެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ސިހުރު ހެދުމާއި ސިހުރު ހެދުމަށް ބޭނުންކުރާ އާލާތް ގެންގުޅޭ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ