މިޔަރު އުރަހަ ތަކެއް ހޯދާ މައްސަލަ ބަލަން ފަށައިފި

ގަވާއިދާ ހިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަން އުޅެނިކޮށް މިޔަރު މަހާއި އުރަހަތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
މިކަން ހިނގާފައިވަނީ ހދ. ކުޅުދުއްފުށީގައި ކަަމަށްވާތީ މިމައްސަލަ ތަހުގީގު ކުރަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުންނެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީގައި ބަޔަކު މީހުން ގިނަ އަދަދެއްގެ މިޔަރު ހިފައިގެން ލޮނުމަސް އަޅަމުން ގެންދާކަމަށް ކަމަށް ބުނެ އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ފިޝަރީޒް މިނިސްޓްރީން ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ކުޅުދުއްފުށީ އުތުރުކޮޅު ލޮނުމަސް އަޅާ ސަރަހައްދަށް ގޮސް ބެލިބެލުމުން އެސަރަހައްދުގައި ހަދާފައިހުރި އަށިތަކެއްމަތީ މިޔަރުގެ، މަހާއި އުރަހަ ލޮނުއަޅާ ހިއްކަން ބަހައްޓާފައި ހުރިތަން ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. އެގޮތުން ފުލުހުން ބެލިބެލުމުން 92 އުރަހަ އާއި މިޔަރު މަސްކަމަށް ބެލެވޭ 42 މަސްބުރި އެތަނުގައި އޮތް ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރި ނަމަވެސް މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ