ގއ. ދާންދޫގައި އެލާޖިކްވެގެން ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް، އެ ރަށު އަންހެނަކު ރޭ ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދާންދޫ، ވިނަމަތީ، އާއިޝަތު އިބްރާހިމް، 41، އެވެ.
ދާންދޫ ކައުންސިލްގެ ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައިޝަތު ނިޔާވީ ރޭގެ ވަގުތެއްގައި އެލާޖިކް ވެގެން ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި އިތުބާރު ކުރެވޭ މަސްދަރަކުން ބުނީ އައިޝަތު އެލާޖިކްވުމުގެ ކުރިން އެންމެ ފަހުން ކެއީ އޮޅުއަލަ އާއި ގަރުދިޔަ ކަމަށެވެ. ނަމަވެސް، މިއީ އޭނާ މީގެ ކުރިން ވެސް އާންމުކޮށް ކައިއުޅޭ ތަކެތި ކަމަށް އެ މީހާ ބުންޏެވެ.
އައިޝަތު ނިޔާވިއިރު، އޭނާގެ ފިރިމީހާ ވަނީ މީގެ ހަ އަހަރު ކުރިން ނިޔާވެފައެވެ. އޭނާގެ ދުނިޔޭގައި ކުޑަ ދެ ކުދިން އެބަތިއްބެވެ.
އެލާޖިކްވެގެން ފަރުވާ ދެމުންދަނިކޮށް ދާންދޫ އަންހެނަކު ނިޔާވެއްޖެ އެލާޖިކްވެގެން ފަރުވާ ދެމުންދަނިކޮށް ދާންދޫ އަންހެނަކު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ