ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާޕަސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އިންތިހާބުކޮށްފި އެވެ.
މީގެ ދެ ދުވަސް ކުރިން ބޭއްވި ވިކްޓަރީގެ އާއްމު ޖަލްސާގައި މުހައްމަދު އިސްމާއިލް މަގާމަށް އިންތިހާބުކުރީ، ކުރިން އެ މަގާމް ފުރުއްވި ރައްޔިތުންގެ މަޖިލީގުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު އިސްތިއުފާ ދެއްވާފައިވާތީ އެވެ. ކްލަބުން އާއްމު ޖަލްސާގެ ތަފްސީލްތައް އާއްމުކުރީ މިއަދެވެ.
މި ޖަލްސާގައި ވަނީ ވިކްޓަރީގެ ހިންގާ ކޮމިޓީން ހުސްވެފައިވާ ދެ މަގާމަށް މެމްބަރުން އިންތިހާބުކޮށްފަ އެވެ. އެ ދެ މަގާމަށް އިންތިހާބުކުރީ ކުރީގެ ކުޅުންތެރިއާ އަހުމަދު އަރީޝް (ޕަޓޭ) އަދި އަންހެން ފުޓްބޯޅަ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް މުހައްމަދު (މާޔަން) އެވެ.
ސިޔާސީ ދާއިރާ އިން ގިނަ ބަޔަކަށް ފާހަގަކުރެވުނު މުހައްމަދު އިސްމާއިލް މީގެ ކުރިން ކުޅިވަރުގައި ރަސްމީ ހައިސިއްޔަތަކުން ހަރަކާތްތެރިވެފައެއް ނުވެ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު ކްލަބް 2012 ގެ ފަހުން އަޑިއަޅާލާފައިވާއިރު މި އަހަރުގެ ކުރީކޮޅު ހަވާލުވި މެނޭޖްމަންޓާ އެކު އެދެވޭ ބަދަލުތަކެއް އަންނަނީ ފެންނަމުންނެވެ. އެކަމަކު މި ފަހަރު އެ ޓީމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަޔަކުން ފުރުސަތު ނުލިބުމުން، ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރަން ޕްލޭއޮފް ވަނީ ކުޅެން ޖެހިފަ އެވެ.
ވިކްޓަރީގެ ޗެއާޕާސަނަކަށް މެމްބަރު މުހައްމަދު އިސްމާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ