އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި މުޙައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.
އިލެކްޝަން ކޮމިޝަނުގެ ގާނޫނު ބުނާގޮތުން، އެކޮމިޝަނުގެ ރައީސެއް ކަނޑައެޅޭނީ، އެ ގާނޫނުގައި ބުނާ އަދަދަށް އެކޮމިޝަނަށް މެންބަރުން އައްޔަނުކުރެއްވުމަށްފަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް މުޙައްމަދު ޝަކީލް އައްޔަނު ކުރެއްވީ މި މަހުގެ 24ވަނަ ދުވަހުއެވެ. މިއާއެކު ކޮމިޝަނުގައި ފަސް މެންބަރުން ހަމަވީއެވެ. އެހެންވެ، އެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރައްވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު މިހާރު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ޝަކީލް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. އެ ކޮމިޝަނުގެ ރައީސަކަށް ޝަކީލް އައްޔަން ކުރެވޭނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ޝަކީލަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ތަޅުމުގައި ހުރިހާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްވުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމު ހުސްވީ އެ މަޤާމުންނާއި ކޮމިޝަނުގެ މެންބަރުގެ މަޤާމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމުންނެވެ.
އީސީގެ ރައީސްއަކަށް ޝަކީލު އައްޔަނުކުރަން ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ