ބޯހިޔާވަހިކަމުގެ މަޝްރޫއު ހިނގާނީ ނުފޫޒުން އެއްކިބާވެގެން: ރައީސް މަހުދީ ނިޔާވުމަކީ ހުރިހާ ރައްޔިތަކަށްމެ ލިބުނު ފުން ހިތާމައެއް: ރައީސް ބަދަހި ގައުމެއް ބިނާކުރެވޭނީ ތެލެސީމިއާ އާއިލާތަކަށް އެހީތެރިކަން ދީގެން: ރައީސް ޕޭޕަލްގެ ހިދުމަތް: ފެށުން ވަރަށް ގާތް

ރާއްޖެއަށް އަލަށް ތައާރަފުކުރި ޕޭޕަލްގެ ހިދުމަތާ ގުޅިގެން ބައެއް ފީޗާސްތައް އަދިވެސް ބޭނުން ނުކުރެވޭ މައްސަލައާއި ބައެއް އެޕްލިކޭޝަންތައް ނުފެންނަ ކަމުގެ ޝަކުވާތަކަށް ޖަވާބުދެއްވަމުން، މިއީ އަދި ޕޭޕަލްގެ ހިދުމަތް ފުޅާކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި ހިދުމަތް ފަށައިގަތް ފިޔަވަޅާއެކުވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، މިހާތަނަށް 3،280 މީހަކު ޕޭޕަލްއާ އެކައުންޓް ލިންކުކޮށްފައިވާ އިރު އޭގެ ތެރެއިން 2،159 މީހަކު ޕޭޕަލް ވޮލެޓު އެކްޓިވޭޓުކޮށްފައިވާ ކަމަށެވެ. މި މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް ރަސްމީކޮށް މި ހިދުމަތް ގެނައީ އުރީދޫގެ ޑިޖިޓަލް ވޮލެޓު ‘އެމް-ފައިސާ’ މެދުވެރިކޮށެވެ. މިއީ މީގެ ކުރިން ރާއްޖެއަށް ހާސިލުނުވެ އޮތް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
މި ހިދުމަތުގެ ފުރަތަމަ ފިޔަވަޅާއެކުވެސް ދިވެހި ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުންގެ އަތުން ފައިސާ ލިބިގަތުމުގެ ފުރުސަތު ހުޅުވިފައިވާ އިރު، ކުރިއަށް އޮތް ތަނުގައި މި ހިދުމަތުގެ ތެރެއިން ހާސިލުކުރެވޭނެ އިތުރު ކަންކަން އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފުވުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދޭ ސަމާލުކަމުގެ ތެރެއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ