އަންނަ އަހަރު ޑްރޯން މެދުވެރިކޮށް ހާދިސާތަކަށް އިޖާބަދޭން ފަށަނީ

ރައްޔިތުންނާއި ކުރިމަތިވާ އެކިއެކި ހާދިސާތަކަށް އެންމެ ފުރަތަމަ ޑްރޯން މެދުވެރިކޮށް އިޖާބަދިނުމުގެ ޚިދުމަތް ނުވަތަ ޑްރޯން އެޒް އަ ފަސްޓް ރެސްޕޯންޑަރ ގެ ޚިދުމަތް އަންނަ އަހަރު ތައާރަފް ކުރެވިގެންދާނެ ކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިކަން ހާމަކުރެއްވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މިއާއެކު ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހޮސްޓުކުރުމަށް އެއްމެ ޒަމާނީ ޑޭޓަރ ސެންޓަރެއް އުޅުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި. މާތްﷲގެ އިރާދަފުޅާއިއެކު މިކަންކަން ނިމިގެންއަނައިރު ދިވެހި ފުލުހުން ރައްޔިތުންނަށް ދެއްވަމުންގެންދަވާ ޚިދުމަތް އެތައްގުނައަކަށް ފުރިހަމަވާނެ." އިހުސާން ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް ކުރިއަރުވައިގެން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. މިގޮތުން އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާކަން އިހުސާން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ