އިންޓަ ސްކޫލް ކްރިކެޓް ލީގްގެ ގްރޫޕް އޭގެ އެއް ވަނަ މަގާމަށް ތާޖުއްދީން ޖެހިލައިފި

ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފަސް ވަނަ މައިލޯ އިންޓަރ ސްކޫލް ކްރިކެޓް ލީގްގެ ގްރޫޕް އޭގެ ކުޅުން ނިމުނުއިރު އެއް ވަނަ މަގާމަށް ތާޖުއްދީން ސްކޫލް ޖެހިލައިފި އެވެ.
ގްރޫޕް އޭ އެއް ވަނަ މަގާމަށް ތާޖުއްދީން ސްކޫލް ޖެހިލިއިރު، މި ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތީ މަޖީދިއްޔާ ސްކޫލްއެވެ.
މިމުބާރާތުގައި އިއެްޔެ ކުޅެވުން މެޗް މަޖީދިއްޔާއާއި ބައްދަލުކޮށް ގިޔާޒުއްދީން އިންޓަނޭޝަންލް ކާމިޔާބުކުރީ ދެވިކެޓުންއެވެ.
އިއްޔެގެ މެޗުގައި ޓޮސް ދިމާވުމުން މަޖީދިއްޔާ ސްކޫލް ގަސްދުކުރީ ކުޅުމަށެވެ. ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 8 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 99 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 53 ލަނޑުހެދި އަހުމަދު ފައްޔާހްއެވެ. ގިޔާޒުއްދީން ސްކޫލުން އަޒްޔާން 3 ވިކެޓް އަދި ނާމިގް 2 ވިކެޓްނެގިއެވެ.
ޖަވާބުގައި ގިޔާޒުއްދީން ސްކޫލް ކުޅެންއަރާ 15.4 އޯވަރުގެތެރޭގައި 100 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 25 ލަނޑުހެދި މީކާއީލްއެވެ. ފައްޔާހު، ތޮލަތް އަދި އަހުމަދު ކޮންމެ އުކުންތެރިއެއް ދެވިކެޓްނެގިއެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަޖީދިއްޔާ ސްކޫލްގެ އަހުމަދު ފައްޔާހުއެވެ.
މުބާރާތުގެ މިއަދު ކުޅެވޭނީ އެންމެ މެޗެކެވެ. ބައްދަލުކުރާނީ އަހުމަދިއްޔާއާއި އިސްކަންދަރު ސްކޫލްއެވެ. ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ