މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދައެރުން އެކަށީގެންވާތީ އެ ސަހަރައްދުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން އެ ސަރަހައްދަށް މިއަދު މެންދުރުފަހު 15:00 އިން 19:00 އަށް ވައިޓް އެލާޓު ނެރެފައި ވާއިރު މެޓް އޮފީހުން ބުނީ އެ އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.Alert White for swell wave surges pic.twitter.com/nbgvX6IY3M— Maldives Meteorology (@MetMaldives) August 7, 2019
މެޓް އޮފީހުން ވަނީ މެންދުރު ފަހު އުތުރާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ބުނެފަ އެވެ.
އެގޮތުން ވައި ޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ.
އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އުދައަރާފާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ