ރައީސްގެ ދެކަނބަލުން މާދަމާ ޢުމްރާއަށް ފުރާވަޑައިގަންނަވަނީ

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާދަމާ ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދިނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ. އަދި ދަތުރުފުޅާ ގުޅޭ ހުރިހާ ކަމެއް ވަނީ މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ހަމަޖައްސާފައި ކަމަށް ސަޢޫދީ ސަރުކާރުން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2024 ވަނަ އަހަރު ވެސް ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށް ސައުދީން ދެއްވި ފުރުސަތެއްގައި އެ އަަހަރުގެ މެއި މަހު ވަޑައިގެންފައެވެ. https://sun.mv/206717 ހަމައެއާއެކު މިދިޔަ އަހަރު ހިލޭ ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައިވާ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ވަނީ ހައްޖަށް ވެސް ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ