އާޒިމަށް ޖެއްސުންކުރި ކައުންސިލަރުންނަށް މާލޭން ބުނީ ނޫނެކޭ

ރައީސް މުއިއްޒުގެ ދިފާއުގައި އަމިއްލަ ސިޔާސީ ކެރިއަރ ގުރުބާން ކުރި މާލެ ސިޓީ ކައުންސިލަރުން ރައީސް މުއިއްޒަކަށް ދިފާއުކޮށެއް ނުދެވުނެވެ. ޕީއެންސީ ޓިކެޓްގައި ނެރުނު އެންމެ ކައުންސިލަރަކަށް ގޮނޑި ކަށަވަރުކޮށް ނުދެވުނުތާ އަމިއްލަ ގޮތުން ނިކުތް ކައުންސިލަރަށް ވެސް ލިބުނީ ކޮޅުކެއްސެވެ. 
ބައި އިލެކްޝަނަކުން މާލެސިޓީ މޭޔަރ ކަމަށް އެމްޑީޕީން ސިޓީކައުންސިލުގެ މޭޔަރުކަމަށް އާދަމް އާޒިމް އިންތިހާބުވީ އެމްޑީޕީގެ ތިކެޓްގައި ހޮވުނު އިތުރު ކައުންސިލަރުންތަކަކާވެސް އެކުގައެވެ. އެހެން ނަމަވެސް މަގާމުގެ ހުވާ ކުރުމުގެ ކުރީން އާދަމް އާޒިމް ނޫން އެހެން އިންތިހާބީ ކައުންސިލަރުން ޕީއެންސިއަށް ސޮއިކޮށް ސަރުކާރުފަޅިއަށް އަރާނިމުނެވެ. 
ނަތީޖާއެއްގެ ގޮތުން މާލޭ މޭޔަރކަން އާދަމް އާޒިމުކުރީ ސިޔާސީ ފިކުރު އެއްގޮތް އެކަކުވެސް ނެތް ކައުންސިލަރުން ތަކެއް ގޮވައިގެންނެވެ. ޕީއެންސީގެ 14 ކައުންސިލަރުންނާއި ދެން ތިބި އެހެން ފިކުރުތަކުގެ ކައުންސިލަރުން ވެސް މޭޔަރަށް އެއްބާރުލުން ނުދީ މަސައްކަތްކުރީ މޭޔަރ ފޭލިކޮށްލުމަށެވެ. 
ކުރީގެ މޭޔަރ އަދި މިހާރުގެ ރައީސް ސިޓީ ކައުންސިލްގައި ހިންގާފައިވާ ޖަރީމާތައް ފޮރުވާދިނުމާ އާދަމް އާޒިމްގެ ލީޑަރޝިޕްގައި މާލެ ސިޓީ ކައުންސިލުގެ ވަގި ނައްތާލަން ކުރަން ޖެހޭ ކަމެއް ނޫނީ ކައުންސިލަރުން ނުކުރެއެވެ. މޭޔަރ މުއިއްޒު ހިންގާފައިވާ ޖަރީމާއަކާ ފުޅޭ އެއްވެސް ކަމެއް ބެލިޔަ ނުދޭން ކަންކަން ފާސް ނުކުރުމާއި ކޯރަމް ހަމަވިޔަ ނުދިނުމަކީ ކައުންސިލަރުންގެ ގާނޫނީ ޒިންމާއެއް ފަދައެވެ، 
އެހެނަސް އާދަން އާޒިމުގެ ދުރު ވިސްނުމައި ހީވާގިކަމާއި ނަތީޖާ ނެރެދުނުމުގެ ހުނަރުވެރިކަމުން އިދިކޮޅު ކައުންސިލަރުން ކިހިލި ޖަހަލައިގެން ކުރު މުއްދަތެއްގެ ތެރޭގައި މާލެ ސިޓީއަށް ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެންނަމުން ދިޔައީ ބަހަނާ ނުދައްކާ ނަތީޖާ ނެރުމަށް އަމާޒު ހިފައިގެންނެވެ. 
މާލޭ ރައްޔިތުން ތިބީ އެތަން ދެކެން ދަނޑިވަޅު ބަލަބަލައެވެ. ވޯޓުން ނޫނެކޭ ބުނަން ފުރުސަތުލިބެން ދެނެވެ. ފުރުސަތު ލިބުމާއެކު ރައީސް މުއިއްޒުގެ ގޮޑިކޮއްކޮ ކައުންސިލަރުންނަށް ކުޅި ދައްކާލައިފިއެވެ. އިހުލާސްތެރި ހިދުމަތްތެރި މޭޔަރަށް ފުރައްސާރަކުރި ނަހުލާ އަލީވެސ ނޯށުން ރޮއްވާލައިފިއެވެ، އޭގެން އެކަކަށް އެއްގޮޑި ނުދީ އާދަމް އާޒިމާއި އެކު އެމްޑީޕީ ޓިމެއް ސިޓީ ކައުންސިލްގައި ރުކުރުވާލީއެވެ. އެދޭ ހެޔޮބަދަލު މާލެއަށް ގެނައުމަށާއި މޭޔަރ މުއިއްޒުގެ ހިޔާނަތްތައް ބަލާ ފިޔަވަޅު އެޅުމަށް ކައުންސިލްގައި ހުރި ހުރަސްތައް މާލޭ ރައްޔިތުން އެ ނައްތާލަ ދިނީއެވެ. ސިޓީ ކައުންސިލްގެ ހިޔަންޏަށް ވެސް ނާދެވޭ ގޮތަށް ޕީއެންސީ ކައުންސިލަރުން ފޭލިކޮށް ފައްސާ ނަގާލީއެވެ. މަރުހަބާ އާޒިމް! މަރުހަބާ އެމްޑީޕީ! މަރުހަބާ މާލެ ސިޓީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ