އަދާލަތަށް ހަ ގޮނޑި, ކިނޮޅަހާއި މަކުނުދޫގައި އެ ޕާޓީ ވަރުގަދަ

އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، އަދާލަތު ޕާޓީން ހަ ގޮނޑި ކާމިޔާބު ކޮށްފި އެވެ.
އަދާލަތަށް ވަނީ އިންތިހާބުގެ ކުރީން އެއް ގޮނޑި ލިބިފަ އެވެ. އެއީ ރ. ކިނޮޅޮސް ކައުންސިލްގެ ގޮނޑި އެކެވެ. އެ ގޮނޑި ލިބުނީ ހަސަން ޝުއައިބު އެވެ. މީގެ އިތުރުން ހދ. މަކުނުދޫ ކައުންސިލްގެ މެންބަރަކަށް ވެސް އަދާލަތު ކެންޑިޑޭޓެއް ވަނީ އިންތިހާބު ވެފަ އެވެ. އެ ގޮނޑި ހޯދީ އަލީ ނަޝީދު އެވެ.
އަދާލަތަށް ދެން ލިބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހަތަރު ގޮނޑި އެވެ. އެގޮތުން މަކުނުދޫ ކޮމެޓީގެ މެންބަރު ކަން ޝަހުމާ އާދަމް އަށް އަދި ނިޒާމާ އާދަމަށް ވަނީ ކަށަވަރުވެފަ އެވެ. ކިނޮޅަސް ކޮމެޓީގެ މެންބަރުކަން ނަސްރީނާ އައްބާސް އަދި އާއިޝަތު ޖަވާދާ ވަނީ ކަށަވަރު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ