ހަރަދު ކުޑަކުރުމަށް މިފްކޯގެ ރަސްމީ މަސައްކަތު ވަގުތު ކުރުކޮށްފި

ހަރަދު ކުޑަކުރުމުގެ ގޮތުން މިފްކޯގެ ރަސްމީ މަސައްކަތު ވަގުތު ކުރުކޮށްފިއެވެ.
މިފްކޯ އިން ބުނީ އެއީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނީގެ މެނޭޖުމަންޓުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މިފްކޯގެ ރަސްމީ ގަޑިއެއްގެ ގޮތަށް ހަމަޖައްސާފައިވަނީ ހެނދުނު 8:00 އިން ފެށިގެން މެންދުރު 2:00 އަށެވެ. މާދަމާ އިން ފެށިގެން އެ ބަދަލު ގެނައުމަށް ނިންމާފައިވާ އިރު، މިހާރު ރަސްމީ ގަޑިއެއްގެ ގޮތުގައި އޮންނަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.
އެ ނިންމުމާ ގުޅިގެން މިފްކޯގެ ރަސްމީ މަސައްކަތު ވަގުތު މިވަނީ ދެ ގަޑިއިރަށް ކުރުވެފައެވެ. މިހާރު އިތުރު ގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ހަ ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ މުވައްޒަފުންނަށެވެ.
އެގޮތަށް ހަމަޖެހިފައިވީ ނަމަވެސް، އިތުރު ގަޑީގެ މަސައްކަތަށް މުވައްޒަފުންނަށް ނުކުމެވޭނީ ޑިޕާޓްމަންޓުގެ އެޗްއޯޑީން ބޭނުންވެގެން ނުވަތަ ސީއީއޯގެ ބިއުރޯގެ ބޭނުންތަކަށެވެ. އަދި ހަރަދު ކުޑަކުރުމުގެ ގޮތުން އިތުރު ގަޑީގެ ގޮތުގައި މުވައްޒަފުން ވީހާވެސް ބޮޑަށް ނުނެރެ ހަމަޖެއްސުމަށް ވަނީ އިރުޝާދު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ