ރާއްޖޭގައި ހުރި ބޭހުގެ މައުލޫމާތާއި އެ ބޭސް ހުރި ތަންތަނުގެ މައުލޫމާތު އެނގޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާހު މާހިރު ވިދާޅުވީ ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް - އެ މަސައްކަތުގެ ތަފްސީލް ހިއްސާ ކުރައްވަމުން ޝާހު މާހިރު ވިދާޅުވީ ރާއްޖޭގައި ހުރި ބޭހާއި އެ ބޭސް ހުރި އަދަދު އަދި ހުރި ތަނެއް އާންމުންނަށް ވެސް އެނގޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އޭގެ ޒަރިއްޔާއިން އަޅުގަނޑުމެންނަށް އޭރަށް ބޭހުގައި މި ވާނުވާ ދެނެގަނެ، ބޭނުންވާ ފޯކާސްޓުތައް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ޝާހު މާހިރު ވިދާޅުވީ ރާއްޖޭގެ މާކެޓަށް ބޭނުންވާ އަދަދަށް ބޭސް ބެހެއްޓުމުގެ ދަތިތައް މިވަގުތު އެބަހުރި ކަމަށެވެ.
"މިހާރު ފާމަސީއަކަށް ދިޔައީމާ، އެ ތަނުގައި އެ ބޭސް ނެތް ކަމަށް ވަންޏާ އެބަ ބުނެވެން ޖެހޭ ދެން ކޮންތާނުންތޯ އެ ބޭސް ލިބެން ހުރީ. ނޫނީ މިސާލަކަށް އައިޖީއެމްއެޗަށް ގޮސްފައި ބޭސް ސިޓީއެއް ޕްރެސްކްރައިބް ކުރެވުނީމާ އެތާ ފާމަސީއަށް ދިަޔއީމާ އެ ބޭސް ލިބޭވަރަށް ސިސްޓަމް ރޭވެން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޝާހު މާހިރު ވިދާޅުވީ، ރާއްޖޭގައި ހުރީ ކޮން ބޭހެއްކަން ބޭސް ލިޔާއިރު ޑޮކްޓަރުންނަށް ވެސް އެނގެންޖެހޭ ކަމަށެވެ.
"މިވަގުތު ސިސްޓަމުން އެ މައުލޫމާތު ލިބޭ ގޮތަކަށް ނޫން ހުރީ. އެއީ އަޅުގަނޑުމެން ސިސްޓަމަށް ގެންނަން ޖެހޭ ބަދަލެއް. އަދި އަޅުގަނޑުމެން ކޮލެޓީ ބޭސް އެންޝުއާ ކުރަން އެބަ ޖެހޭ ރާއްޖޭގައި. އެފިކޭޝަސް ބޭސް އެވެއިލަބަލް ކުރުން ދެން ތަފާތު ބަލިތަކަށް ބޭސް ނަގާ ބޭފުޅުންނަށް އެ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ލިބެން ހުންނަ ބޭހުގެ މައުލޫމާތު އެނގޭނެ ނިޒާމެއް ގާއިމްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ