މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، ފަސްވަނަ ސެގްމަންޓުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ތަރައްޤީކުރާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމޭއިރު، މަގުގައި ތާރުއަޅައި ސަބްބޭސް ތައްޔާރުކުރުމުގެ އިތުރުން، ހިނގާ މީހުންނަށް ޚާއްޞަ ލޭނަކާއި ހަރުދަނާ ފެންހިންދާ ނިޒާމެއް ގާއިމުކުރެވޭނެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، އެންމެ ފުރަތަމަ ނިންމާފައިވަނީ ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު އޮތް ސަރަހައްދެވެ. އެ ސަރަހައްދުގެ ފަޅުން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކޮށް، ތާރުއަޅައި ނިންމުމަށްފަހު މިދިޔަ ޑިސެމްބަރު މަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އަދި މަޝްރޫޢުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ކަމަށްވާ ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅައި ނިންމުމަށްފަހު އެ ސަރަހައްދު ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުން: 143 މީޓަރުގެ ޝީޓްޕައިލްކޮށް ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ