އައްޑޫ ސިޓީ ކައުންސިލުގެ ހުރިހާ ގޮނޑިއެއް ހޯދައި، އެމްޑީޕީއަށް ފުރިހަމަ ކާމިޔާބީއެއް

އައްޑޫ ސިޓީ ކައުންސިލުގައި ހިމެނޭ 11 ގޮނޑި ވެސް ހޯދައި، އިދިކޮޅު އެމްޑީޕީން ފުރިހަމަ ކާމިޔާބެއް ހޯދައިފިއެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީން އެއް ދާއިރާ ފިޔަވައި ހުރިހާ ދާއިރާއެއް ކާމިޔާބުކުރީ ބޮޑު ފަރަގަކާއެކުއެވެ.
އެންމެ ވާދަވެރިކޮށް ގޮސްފައިވަނީ އައްޑޫ ސިޓީގެ މޫލެކެޑެ ދާއިރާއެވެ. އިންތިހާބު ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ނަޒީރާއި ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދުގެ ދެމެދުގައި އޮތީ އެންމެ އަށް ވޯޓުގެ ފަރަގެކެވެ. އަހުމަދު ނަޒީރަށް  591 ވޯޓު ލިބުނު އިރު، ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދަށް ލިބުނީ 582 ވޯޓެވެ.
އައްޑޫ ސިޓީގެ އިތުރުން، މާލެ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީ ކައުންސިލުން ވެސް އެމްޑީޕީން ވަނީ މޭޔަރު ގޮނޑިތަކާއެކު ސުޕަ މެޖޯރިޓީ ހޯދައިފައެވެ. އޭގެ އިތުރުން ފަސް ސިޓީގެ ޑަބްލިޔުޑީސީގެ ރައީސާގެ ގޮނޑިތައް ވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ