މާމިގިލީ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ޖޭޕީއަށް ގެއްލިއްޖެ
އދ. މާމިގިލީ ކައުންސިލްގެ މެޖޯރިޓީ, އެ ރަށުގެ ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއަށް ގެއްލިއްޖެއެވެ. މާމިގިލީ ކައުންސިލްގެ މެޖޯރިޓީ މިހާތަނަށް ދަމަހައްޓަމުން އައީ ޖުމްހޫރީ ޕާޓީންނެވެ. ނަމަވެސް، އިއްޔެ ބޭއްވި ކައުންސިލް އިންތިޚާބުގައި ޖޭޕީއަށް ވަނީ އެ ކައުންސިލުގެ މެޖޯރިޓީ ގެއްލިފައެވެ. މިގޮތުން، އެ ޕާޓީއަށް ކާމިޔާބުވީ، ކައުންސިލް ރައީސްގެ ގޮނޑިއާއި މެންބަރެއްގެ ގޮނޑިއެވެ. ބާކީ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނުއިރު، އިދިކޮޅު އެމްޑީޕީއަށް ވަނީ އެއް ގޮނޑި ލިބިފައެވެ. މީގެއިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑީގެ ތިން ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. ބާކީ ދެ ގޮނޑި ލިބުނީ ޖޭޕީއަށެވެ. ފާހަގަކުރެވޭ ގޮތުގައި، އިއްޔެ ބޭއްވި އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ. އޭގެތެރޭގައި، ފަސް ސިޓީގެ މޭޔަރުންގެ ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަމުގެ ގޮނޑި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ