ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސްކަން ވެސް ފަސް ސިޓީގައި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީން ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ދާދި ފަހުން ސިޓީގެ ދަރަޖަ ލިބުނު ގދ. ތިނަދޫ ހިމެނޭހެން ރާއްޖޭގައި މިހާރު ފަސް ސިޓީ އޮވެ އެވެ. ދެން ހުރި ސިޓީތަކަކީ މާލެ، އައްޑޫ، ފުވައްމުލައް އަދި ހދ. ކުޅުދުއްފުއްޓެވެ.
އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މި ހުރިހާ ތަނެއްގެ ވެސް މޭޔަރުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.
ތަފްސީލް - އިލެކްޝަންސް ކޮމިޝަން (އީސީ)ން މިހާރު އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސްކަން ވެސް ބޮޑު ތަފާތަކުން ގިނަ ސިޓީތަކުގައި އެމްޑީޕީން ކާމިޔާބުކޮށްފައިވެ އެވެ. އެންމެ ގާތުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
އެގޮތުން:
މާލެ - ކާމިޔާބުކުރީ އައިޝަތު ރީޝާ؛ %52.22، އެއީ 15،162 ވޯޓު
އައްޑޫ - ކާމިޔާބުކުރީ ފާތިމަތު ހިޖުރާ؛ %75.49، އެއީ 9300 ވޯޓު
ފުވައްމުލަކު - ކާމިޔާބުކުރީ މަރިޔަމް ޝިއުނާ؛ %56.68، އެއީ 4011 ވޯޓު
ކުޅުދުއްފުށި - ކާމިޔާބުކުރީ އައިމިނަތު އިބްރާހިމް؛ %63.63، އެއީ 3124 ވޯޓު
ތިނަދޫ - ކާމިޔާބުކުރީ މަރިޔަމް ޝަރޫނާ އާދިލް؛ %49.77 ވޯޓު، އެއީ 2037 ވޯޓު
މީގެ އިތުރުން، މި ކޮމިޓީތަކުގެ މެޖޯރިޓީ ވެސް ހޯދާފައިވަނީ އެމްޑީޕީ އެވެ. އެގޮތުން، ތިނަދޫ އާއި އައްޑޫގައި އެންމެ ގޮނޑިއެއް ފިޔަވައި މި ކޮމިޓީތަކުގެ ހުރިހާ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ފުވައްމުލަކުގައި ދެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިތައް ހޯދާފައިވަނީ އެމްޑީޕީންނެވެ. އެ ދެ ގޮނޑިއަކީ އެމްޑީޕީގެ ކެންޑިޑޭޓަކު ނެތް ގޮނޑިތަކެކެވެ. ކުޅުދުއްފުށީގައި މި ކޮމިޓީގެ ހުރިހާ ގޮނޑިތަކެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
5 ސިޓީގެ އަންހެނުން ކޮމިޓީތަކުގެ ރައީސްކަން ވެސް އެމްޑީޕީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ